މޫދުގައި ބައިސިކަލް ދުއްވަން ބޭނުންތަ؟ މާންތާ 5 އަކީ މޫދުގައި ދުއްވުމަށް އުފައްދާފައިވާ ބައިސިކަލެކެވެ. އަޑެއް ނުހުރެއެވެ. ފަޔަށް ފަސޭހައެވެ. ބެޓެރިން ދުއްވެއެވެ. އުރާލައިގެން ދަބަހުގައި އެއްގަމަށް ގެންދެވެއެވެ.

އެކަމަކު އެނގޭ ހެއްޔެވެ؟ އައު އުފެއްދުމަކާ ބަލައި އިންތިހާއަށް އަގު ބޮޑެވެ. އާނއެކެވެ! އަގު އުޅެނީ ބެޓެރިއާއެކު ދިވެހި 17ހާސް ރުފިޔާއަށެވެ.

ނިއުޒިލެންޑްގައި އުފައްދާފައިވާ ފެނުގައި ދުއްވާ މި ބައިސިކަލް ޑިޒައިން ކޮށް ބާޒާރަށް ނެރެފައި ވަނީ 2019އާއި 2020ގައެވެ.

ރާއްޖެއާ އެންމެ ކައިރިން މި ބައިސިކަލް ގަންނަން ލިބެން ހުރީ މެދުއިރުމަތިންނެވެ.