ބޯވަ ނަގަން މޫދަށް ފޭބި ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ ކ.ގުޅިފަޅު ކައިރިއަށް ބޯވަ ނަގަން ފޭބި 21 އަހަރުގެ ދިވެއްސަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ފަށާފައިވާ ކަމަށެވެ.

މި ހާދިސާގެ މަޢުލޫމާތު ލިބުނީ މިއަދު 08:58 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އެމްއެންޑީއެފް އިން ބުނީ ގެއްލިގެން އުޅޭ ޒުވާނާ އެންމެ ފަހުން ލައިގެންހުރީ އަޅިކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއްކަމަށެވެ.