އިޒްރޭލުން ޣައްޒާއަށް ރޮކެޓާއި ވައިގެ ހަމަލާތަކެއް ދީފިއެވެ. ޣައްޒާއިން ބުނެފައި ވަނީ ރޮކެޓް އިޒްރޭލްގެ ޓެލްއަވީވްއާ ދިމާއަށް ގޮސްފައި ވަނީ ޓެކްނިކަލް މައްސަލައަކުން ކަމަށެވެ.

މިސްރުން ވަނީ އިޒްރޭލާއި ޣައްޒާގެ ޙަމާސްއާ ދެމެދު މައްސަލަ ފިނިކުރުމަށް މަސައްކަތް ކޮށްފައެވެ.

ޚާން ޔޫނުސްއާއި ޤާދިސިއްޔާއާ ދިމާއަށް އިޒްރޭލުން ފަސް ހަމަލަ ދިން ކަމަށްވެއެވެ. ފަލަސްތީނު މީހުންވެސް ވަނީ ތިރިން އުދުހެމުން ދިޔަ އިޒްރޭލުގެ މަތިންދާ ބޯޓާ ދިމާއަށް ބަޑިން ޖަހާފައެވެ.