ޖެނުއަރީ ދެވަނަ ދުވަހު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ 161 މީހުން ކަމަށް އެޗުޕީއޭއިން ވިދާޅުވެއްޖެއެވެ.

އެޗުޕީއޭގެ ހިސާބުތަކުން ދައްކާ ގޮތުގައި އެ މީހުންގެ ތެރެއިން މާލޭ ސަރަހައްދުން ޕޮޒިޓިވް ވެފައިވަނީ 40 މީހުންނެވެ. ރަށްރަށުން ޕޮޒިޓިވް ވެފައިވަނީ 41 މީހެކެވެ. ރިސޯޓުތަކުން ވަނީ 80 މީހަކު ޕޮޒިޓިވްވެފައެވެ.

އަލަށް ޕޮޒިޓިވްވި 161 މީހުންނާއެކު މިހާތަނަށް ރާއްޖެއިން ވަނީ ޖުމްލަ 96،052 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެތެރެއިން 93،314 މީހަކު ވަނީ ބަލީން ފަސޭހަވެފައެވެ. 262 މީހަކު ވަނީ އެބަލީގައި ނިޔާވެފައެވެ. 13 މީހަކަށް މިހާރު ދަނީ ހޮސްޕިޓަލް ތަކުގައި ފަރުވާ ދެމުންނެވެ. 3،209 ސާމްޕަލެއް ނަގައި އިއްޔެ ވަނީ ޓެސްޓްކޮށްފައެވެ.