މިނިސްޓަރ އޮފް ހޯމް އެފަރޒް އޮނަރަބަލް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު މިއަދު މާފުށީ ޖަލަށް ޒިޔާރަތްކުރައްވައި، ހައި ސެކިއުރިޓީ ޔުނިޓްތައް ބައްލަވައިލައްވައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ، މި ޒިޔާރަތުގައި މިނިސްޓަރ އާއި ކޮމިޝަނަރ ހައި ސެކިއުރިޓީ ޔުނިޓްތަކުގެ ކަންތައްތައް ބައްލަވާލައްވާފައެވެ.

މީގެ އިތުރުން މިނިސްޓަރ އާއި ކޮމިޝަނަރ ވަނީ ހައި ސެކިއުރިޓީ ގޮޅިތަކަށް ވަކި ވަކިން ޒިޔާރަތްކުރައްވައި، އެ ގޮޅިތަކުގައި ތިބި ޤައިދީންގެ ކަންބޮޑުވުންތައް އައްސަވާފައި ކަމަށްވެސް ބުންޏެވެ. އަދި އެފަރާތްތަކުގެ ކަންބޮޑުވުންތައް ހައްލު ހޯދޭނެ ގޮތްތައްވެސް އެ ބޭފުޅުން ބައްލަވައިލެއްވި ކަމަށްވެސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިންނ ބުންޏެވެ.