ބ. އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލާއި ބ.ފުޅަދޫ ހެލްތު ސެންޓަރުގައި ފަރުވާދެމުންދިޔަ ހާލުދެރަ ބަލި ދެ މީހުން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ސީ އެމްބިއުލާންސްގައި މިއަދު މާލެ ގެނެސްދީފިއެވެ.

ބ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ އުމުރުން 24 އަހަރުގެ އަންހެނަކާއި، ބ.ފުޅަދޫ ހެލްތު ސެންޓަރުގައި ފަރުވާދެމުންދިޔަ އުމުރުން 59 އަހަރުގެ ފިރިހެނަކު މާލެ ގެނެސްދީފައިވަނީ ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް އެ ދެ މީހުން ބެއްލެވި ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެންނެވެ.

އެމްއެންޑީއެފް ޑޯނިއަރ ފުލައިޓުގައި ބަލި ދެ މީހުން މާލެ ގެނެސްފައިވަނީ މިއަދު 06:30 ހާއިރުއެވެ.