އަންނަ ހަފްތާއިން ފެށިގެން ހޯލްސޭލް ސެންޓަރުގެ ހިދުމަތްތައް ދޭނީ އެ ކުންފުނީގެ އެގްރި ސެންޓަރުން ކަމަށް އެސްޓީއޯއިން ބުނެފި އެވެ.

އެސްޓީއޯއިން ބުނީ ހިދުމަތް ބަދަލު ކުރުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހު ކަމަށެވެ. އެހެން ކަމުން އަންނަ ހަފްތާއިން ފެށިގެން ސެންޓަރުގެ ހިދުމަތް ލިބޭނީ ހަވީރީ ހިނގުމުގައި ހުންނަ އެގްރި ސެންޓަރުންނެވެ.

މި ބަދަަލު ގެނެވުނު ނަމަވެސް، އެގްރި ސެންޓަރުން ދޭ ހިދުމަތްތަކަށް ބަދަލެއް ނާންނާނެ އެވެ.