ޔޫއޭއީއާއި އިޒްރޭލާ ސިޔާސީ ގުޅުން ގާއިމް ކުރިތާ އަހަރެއްވީއިރު، މީޑިއާގެ ސަމާލުކަމަށް އައިސްފައިވަނީ ޔޫއޭއީއަށް ޒިޔާރަތް ކުރާ އިޒްރޭލު މީހުންގެ ސުލޫކާ ބެހޭ ގޮތުން ރިޕޯޓް ކޯށްފައިވާ ނޭދެވޭ ވާހަކަތަކެވެ. ޔޫއޭއީގައި އިޒްރޭލު ޓޫރިސްޓުން ފިހާރަތަކާއި ހޮޓާތަކުން ވައްކަން ކުރުމާއި، ޓްރެފިކްގެ ގަވާއިދުތަކާއި ޚިލާފުވުންފަދަ އަމަލުތައް ގިނައިން ހިންގާފައިވާ ކަން ފާހަގަ ވެއެވެ.

އަލްޖަޒީރާއާއި މެމޯއިން ދިގު ރިޕޯޓްތައް މުނާސަބާއާ ދިމާކޮށް ގެނަސްދީފައި ވެއެވެ. އައު އަހަރާ ދިމާކޮށް އެންމެގެ ސަމާލުކަމަށް އައިސްފައިވަނީ ޑުބާއީގެ ޑިއުޓީ ފްރީން އަގު ބޮޑު ބަނގުރާ ފުޅިތަކާއި ރަންކުލައިގެ އައިފޯނާއި އަގު ބޮޑު ވައްތަރުގެ ޗޮކްލެޓް ވަގަށް ނަގައިގެން އުޅުނު ވާހަކަ އެވެ.

އިޒްރޭލު މީހުން ޔޫއޭއީއަށް ޑްރަގް އެތެރެ ކުރާ ކަމަށްވެސް ރިޕޯޓް ކޮށްފައި ވެއެވެ. މިދިޔަ ހަފްތާގައިވެސް ޓެލްއަވީވުން އައިސް މީހަކު ބޯޓުން ފޭބިތަނާ ހައްޔަރުކޮށްގެން ޖަލަށް ގެންގޮސްފައި ވެއެވެ.

ހޮޓާތަކުން އިޒްރޭލު ޓޫރިސްޓުން ވައްކަން ކުރާކަމަށް ބުނެ، އިޒްރޭލުގެ ޔަދީއޯތު އަހުރަނޯތުގައި ލިޔެފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ، ދުނިޔޭގެ އެންމެ އުސް ހޮޓާ، ބުޖުރު ޚަލީފާއަށް އެތައް ގައުމަކުން މީހުން އައިސް ތިބޭ އިރު މައްސަލައެއް ދިމާ ނުވާ ކަމަށެވެ. ނަމަވެސް ފެންކައްކާ ކުރާތަކާއި ބެޑް ލޭމްޕާއި ތުވާއްޔާއި ސައިފަތާއި ކޮފީ ޕެކެޓްތައްވެސް އިޒްރޭލު މީހުން ވަގަށް ނެގުން އާންމު ވެފައިވާ ކަމަށެވެ.

ޑުބާއީގެ ހޮޓާތަކުގައި އިޒްރޭލު ޓޫރިސްޓުން ޗެކްއައުޓް ކުރާއިރު ލަގެޖް ސްކްރީން ކުރުން މިހާރު އާންމު ވެފައިވާ ކަމަށްވެސް ނޫހުން ބުނެއެވެ.