ހެރީ ޕޮޓާގެ ތަރި އެމާ ވަޓްސަން ފަލަސްތީނު މީހުންނަށް ހަމްދަރްދީ ފާޅުކުރުމުން އިޒްރޭލު މަސްއޫލުވެރިން އޭނާއާ ދެކޮޅަށް ނިކުމެއްޖެއެވެ. އިންސްޓަގްރާމްގައި ވަޓްސަން ޝެއަރކޮށްފައިވާ ޕޯސްޓަށް އެއް މިލިއަން ލައިކް ލިބިފައި ވެއެވެ.

އޭނާއާ ދެކޮޅަށް އެންމެ ފުރަތަމަ ޕޯސްޓެއް ކުރި މީހަކީ އދގައި ކުރިން ހުންނެވި އިޒްރޭލުގެ ދާއިމީ މަންދޫބު ޑޭނީ ޑެނޮން އެވެ. ޑެނޮން ސިފަކުރެއްވިގޮތުގައި ވަޓްސަން ފަލަސްތީނު މީހުންނަށް ހަމްދަރްދީ ފާޅުކުރުމަކީ، ޔަހޫދީ ނަސްލާ ދެކޮިޅުވެރިވުމުގެ އެންޓި ސެމެޓިޒަމްގެ އަމަލެކެވެ.

ޑެނޮންއަށް ރައްދުދީ އޭނާއާ ދެކޮޅަށް ގިނަ ބަޔަކު ޕޯސްޓްތައް ކޮށްފައި ވެއެވެ.