ކަޒަޚިސްތާނަކީ ނިސްބަތުން ކުރީގެ އެހެން ސޯވިއެޓް ޖުމްހޫރިއްޔާތަކަށް ވުރެން ހިމޭން ޖުމްހޫރިއްޔާއެކެވެ. 30 އަހަރު ވަންދެން ސިޔާސީ ހަމަޖެހުން މި ޖުމްހޫރިއްޔާގައި ގާއިމްވެފައި އޮތެވެ.
އިދިކޮޅު ފަރާތްތަކުން ފަށާފައިވާ މުޒާހަރާތަކުން ވައިގެ ދަތުރުފަތުރު ވަނީ ހުއްޓިފައެވެ. ހަމަނުޖެހުންތަކުގައި ބަޔަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެފައި ވެއެވެ. ސަރުކާރު ވަނީ އިސްތިއުފާ ދީފައެވެ. ރައީސް ނޫރު ސުލްތާން ވަނީ މުޅިގައުމުގައި ކުއްލި ހާލަތު އިއުލާން ކުރައްވާފައެވެ. މުޒާހަރާ ކުރާ މީހުން ވަނީ ނޫރު ސުލްތާންގެ ވެރިކަން ވެއްޓެންދެން މުޒާހަރާ ކުރިއަށް ގެންދިއުމަށް ގޮވާލާފައެވެ.
ރަޝިޔާއިން ވަނީ ސުލްޙަ ބެލެހެއްޓުމަށް ސިފައިން ފޮނުވާފައެވެ.
ކަޒަޚިސްތާންގެ ހަމަނުޖެހުމަކީ މޮސްކޯއަށް ބޮލު ރިހުމެކެވެ. ދެވަނަ ޔޫކްރެއިން އެއް ރަޝިޔާއާ އިންވެގެން އުފަންވާކަށް ޕޫޓިން ބޭނުންފުޅެއް ނުވެއެވެ.
މެދުތެރޭ އޭޝިއާގެ ގައުމުތަކުގެ ތެރޭން ކަޒަޚިސްތާނަކީ އެންމެ ބިން ބޮޑު ގައުމެވެ. ޔައުނީ ގުރުދުރަތީ ގޮތުން މުއްސަނދި އަދި ރޯ މާއްދާތައްވެސް އެންމެ ގިނަ ގައުމުވެސް މެއެވެ. މާނައަކީ މިއީ ޔޫކްރޭންއަށް ވުރެން ރަޝިޔާއަށް މުހިންމު ގައުމެކެވެ.
ރަޝިޔާ ނުތަނަވަސްވާން ޖެހޭ ސަބަބުތަކެއްވެސް ވެއެވެ. ބޭލަރޫސްގައި ހިނގި ހަމަނުޖެހުންތަކަށް ފަހު ރަޝިޔާއަށް ކުރިމަތިލާން ޖެހުނީ ޔޫކްރޭންގެ އަދާވާތްތެރިކަމާއެވެ. އެހެންވެ، ކަޒަޚިސްތާންގެ މައްސަލަ އަތްދަށުން ނުދިއުމަކީ މޮސްކޯއިން ބޭނުންވާނެ ކަމެއް ނޫނެވެ.
ކަޒަޚިސްތާނަކީ ރަޝިޔާއާއެކު އެންމެ ދިގު ބޯޑަރު އޮންނަ ގައުމުވެސް މެއެވެ. އަދި ރަޝިޔާއަށް މުހިންމު ބައިކަނޯރު ޖައްވީ ސްޓޭޝަންގެ މަރުކަޒުވެސް މެއެވެ.
ކަޒަޚިސްތާންގައި ނޫރު ސުލްތާންގެ ވެރިކަން ވެއްޓެން ދިމާވެއްޖެނަމަ، ބަރިއަކަށް މެދު ތެރޭ އޭޝިއާގެ އެހެން ގައުމުތަކުގައި މުޒާހަރާ ޖައްސައި ވެރިކަން ވައްޓާލުމަކީ ދުރުކަމެއް ނޫނެވެ.
ރަޝިޔާގެ އަވަށްޓެރި އެހެން ގައުމެއްގައި އުފެދިފައިވާ މި ހަމަނުޖެހުމުން ރަޝިޔާއިން މުސްތަގްބަލުގައި އަމަލުކުރާނެ ގޮތް ބަލަން ޖެހެއެވެ.