ސޫދާނުގައި މިއަދު މުޒާހަރާތައް ބާއްވަން ރޭވުމުން އިންޓަރނެތްގެ ޚިދުމަތް ކަނޑަލައިފިއެވެ. ވެރިތަށް ޚަރުތޫމް ވަނީ ސަލާމަތީ ބާރުތަކުން ވަށާލާފައެވެ. އެމެރިކާއިން ވަނީ ރައްޔިތުންނަށް ސޫދާންގައި ސަމާލުވެ ތިބުމަށް އަންގާފައެވެ.

ސިފައިންގެ ބާރުވެރިކަމާ ދެކޮޅު ފަރާތްތަކުން ވަނީ މަދަނީ ސަރުކާރެއް އެކުލަވާލުމަށް ގޮވާލާފައެވެ.

ޖެނެރަލުން ވިސްނަމުން ދަނީ ހުރިހައި ފަރާތެއް ހިމެނޭ ސަރުކާރެއް އެކުލަވާލާށެވެ. ނަމަވެސް ސޫދާންގެ ސިޔާސީ ހަމަނުޖެހުން ދަނީ ފުޅާވަމުންނެވެ.