މިއަދު އަޅުގަނޑުމެން މި ފާހަގަކުރަނީ ސީދާ ރައްޔިތުމީހާގެ ޖީބަށް ކަރަންޓު ބިލުން ލުއިފަސޭހަ އަދި ހިތްހަމަޖެހުން ގެނެސްދިނުމުގެ ޕްރޮގްރާމެއް ކަމުގައި ފެނަކައިގެ މެނޭޖިންޑިރެކްޓަރ މުޙައްމަދު ސާއީދު އަހުމަދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ މިއަދު ބޭއްވުނު ހޯމް ސޯލާ ޕްރޮގްރާމް ހިންގުން ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަދި މިކަން ހާސިލު ވުމަށް އެޅުނު އެއް ފިޔަވަޅަކީ މި ސަރުކާރުން ރައީސުލްޖޫމްހޫރިއްޔާ ކެނޑިނޭޅި ދެއްވަމުން ގެންދެވި އިރުޝާދުގެ ނަތީޖާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
އަދި ރައީސުލްޖުމްހޫރިއްޔާގެ ބޭނުންފުޅަކީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ކަރަންޓު ބިލުން ލުއި ގޮތެއް ސީދާ ރައްޔިތުމީހާގެ ޖީބަށް ހޯދައިދެއްވުމެވެ. ދިވެހިރާއްޖޭގައި ސޯލާ ހަކަތަ ބޭނުންކުރަން ވާހަކަދައްކާތާ އެތައް ދުވަހެއްވީނަމަވެސް ރައްޔިތުމީހާގެ ޖީބަށް ސީދާ ލުއިފަސޭހަވާނެ ޕްރޮގްރާމެއް މި ފެއްޓެވީ އަދުގެ ސަރުކާރުން ކަމުގައި ސައީދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
މިކަމަށްޓަކައި އެންވަޔަރުމެންޓް މިނިސްޓަރ ޝައުނާ ކުރަށްވާ މަސައްކަތްތައްވެސް ފާހަގަކުރައްވާ އެކަމަނާއަށްވެސް މި ހަފުލާގައި ސައީދު ޝުކުރު އަދާކުރެއްވިއެވެ.