ޑުބާއީ އެކްސްޕޯގެ އީރާން ޕެވީލިއަންގައި ޕިސްތާޝިއޯ ދައްކާލަން ބެހެއްޓުމުން އީރާނުން އެކްސްޕޯގެ ޑިރެކްޓަރ ވަޒީފާއިން ވަކިކޮށްފިއެވެ. އީރާނު މީހުންވެސް ވަނީ މީސްމީޑިއާގައި ޑިރެކްޓަރަށް ފާޑު ކިޔާފައެވެ.

އީރާންގެ ވިޔަފާރިއާ ބެހޭ ވަޒީރު ވިދާޅުވީ ޑުބާއީ އެކްސްޕޯގައި އީރާނުން ދައްކަން ބޭނުންވަނީ ބޭސްވެރިކަމުގެ ރޮނގުންނާއި ސިނާއީ ގޮތުންނާއި ސައިންގެ ރޮނގުންނާއި ފަޒާގެ ރޮނގުން އީރާނުން ހޯދާފައިވާ ކާމިޔާބީއާއި އީރާންގެ އީޖާދުތަކެވެ.

އޭނާ ވިދާޅުވީ އީރާނުން ކޮންމެހެން ދަނޑުވެރިކަމާއި ސަގާފަތް ދައްކާކަށް ބޭނުމެއް ނުވެއެވެ.