ކަޒަޚިސްތާންގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި 4200 މީހުން ވަނީ ހައްޔަރު ކޮށްފައެވެ. ރަޝިޔާއިން ތުހުމަތު ކުރާ ގޮތުގައި މި ހަމަނުޖެހުންތަކުގައި ކަޒަޚިސްތާންގައި މަސައްކަތް ކުރާ އެމެރިކާއާއި ހުޅަނގުގެ އެންޖީއޯތަކުން ވަނީ ދައުރެއް ކުޅެފައެވެ.

ހުޅަނގުގެ މީޑިއާއިން ސިފަ ކުރަމުން ދަނީ ކަޒަޚިސްތާންގެ ރައީސަކީ ރަޝިޔާއިން ވާގިވެރިވާ ބާރުގަދަ މީހާގެ ގޮތުގައެވެ.

ސަރުކާރުން ބުނާ ގޮތުގައި މިހާރު ކުރިއަށްދާ އޮޕަރޭޝަނަކީ ޓެރަރިސްޓުންނާ ދެކޮޅަށް ހިންގާ އޮޕަރޭޝަނެކެވެ.