އެފްރިކާގެ މުލީގައި އޮންނަ ސްޓްރެޓިޖިކް ސަރަހައްދަށް އެމެރިކާއިން ޚާއްސަ މަންދޫބެއް ކަނޑައެޅުމާ ގުޅިގެން ޗައިނާއިންވެސް ޚާއްސަ މަންދޫބެއް ކަނޑައަޅާނެ ކަމަށް ބުނެފިއެވެ.

ރާއްޖެއަށް ޒިޔާރަތް ކުރެއްވުމުގެ ކުރިން ޗައިނާގެ ފޮރިން މިނިސްޓަރ ވާންގ ޔީ ކެންޔާގެ މޮމްބާސާގައި ވިދާޅުވީ ޗައިނާއިން އެފްރިކާގެ މުއްޔަށް ޚާއްސަ ހަމަޖައްސާނެ ކަމަށެވެ.

އެމެރިކާއިންވެސް މަސައްކަތް ކުރަމުން ދަނީ ކުރިންވެސް އެމެރިކާގެ ނުފޫޒު މި ސްޓްރެޓިޖިކް ސަރަހައްދުގައި އޮތް ގޮތަށް ދެމި އޮތުމަށެވެ. ޗައިނާއިން ވަނީ އެފްރިކާގެ މުލީގައި އަސްކަރީ މަރުކަޒެއް ގާއިމް ކޮށްފައެވެ. ޖިބޫޓީގައި ޗައިނާއިން ހަދާފައިވާ އަސްކަރީ މަރުކަޒުގައި ހާހެއްހައި ސިފައިން ބައިތިއްބާފައި ވެއެވެ.