ފިހާރަތަކުގައި ބޭނުންކުރާ މެނިކުއިންތަކާ މެދު ތާލިބާނުން ގައުމީ ސިޔާސަތެއް ނުގެން ގުޅެއެވެ. ނަމަވެސް ހުޅަނގު އަފްޣާނިސްތާންގައި ތާލިބާންގެ މިނިސްޓްރީ އޮފް އަމުރު ބިލް މައުރޫފި ވައްނަހީ އަނިލް މުންކަރި އިން ފިހާރަ ވެރިންނަށް އަންގާފައި ވަނީ ފިހާރަތަކުގައި ބަހައްޓާފައިވާ މެނިކުއިން ބުދުތަކުގެ ކަރު ބުރި ކުރުމަށެވެ.

އަމުރު ބިލް މައުރޫފި މިނިސްޓްރީން ބުނާ ގޮތުން އިންސާނެއްގެ ސިފަ ދެއްކުމަކީ ހަރާމް ކަމެކެވެ.