އާ އިންޖީނު ގެއާއެކު ކޮމަންޑޫ ރައްޔިތުންނަށް ހިތް ފަސޭހަކަން ލިބިއްޖެކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސަޢީދު މިހެން ވިދާޅުވީ ކޮމަންޑޫގައި ހުރި "އަޑުގަދަ" އިންޖީނުގެ ނިއްވާލުން ފާހަގަކުރައްވަމުން ނެވެ.

ކޮމަންޑޫގައި ހުކުރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މީހުން ދިިރިއުޅޭ ސަރަހައްދުގައި ހުރި ބާ އިންޖީނުގެ ނިއްވާލަދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ.

މިކަމާ ގުޅިގެން ފެނަކަ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވީ ރައްޔިތުން ދިރިއުޅޭ ގެތަކާއި އިންވެގެން ހިންގާތާ 32 އަހަރު ވީ ކޮމަންޑޫ ޖެނެރޭޓަރްގެ މިހާރު ނިއްވާލާފައިވާކަމަށާއި، އަދި އާ އިންޖީނުގެއިން ރައްޔިތުންނަށް ކަރަންޓު ދޭން ފެށިފައިވާކަމަށެވެ. އަދި މިކަމުގެ ސަބަބުން ކޮމަންޑޫ ރައްޔިތުން 32 އަހަރު ވަންދެން ތަހައްމަލު ކުރި ދަތި އުނދަގޫ ނިމި، ރައްޔިތުންނަށް އުފާ ވެރިކަމާއި ހިތް ފަސޭހަކަން ލިބިގެން ހިނގައްޖެކަމަށް ސައީދު ވިދާޅުވިއެވެ.