ތޮއްޑޫ އިން ބަނގުރަލާއެކު 49 އަހަރުގެ ބިދޭސީއެއް ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މީހާ ހައްޔަރުކުރީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތޮއްޑޫގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޖަނަވަރީ މަހުގެ 6 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހުރި ގެސްޓުހައުސް ކޯޓުއަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު ބަނގުރާ ހުރި ފުޅިތަކެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ތޮއްޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 7 ދުވަހުގެ މުއްދަތު ވަނީ ދީފައެވެ.

ތޮއްޑޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.