ޖަރމަނީގެ ގާނޫނަށް ޓެލެގްރާމަށް ޙުރުމަތްތެރިކޮށް ނުހިތާނަމަ، މިސްމީޑިއާގެ މި ވަސީލަތާ ދެކޮޅަށް އެތައް މިލިއަން ޔޫރޯއިން ޖުރިމާނާ ކުރުމަކީ ޖަރމަނީއަށް ލިބިގެންވާ ހައްގެއް ކަމަށް ޖަރުމަން ޖަސްޓިސް މިނިސްޓަރ ވިދާޅުވެއެވެ.
އިރާމާތުން އޮޕަރޭޓް ކުރާ ޓެލެގްރާމުން ޖަރމަނީގެ ގާނޫނަށް ޙުރުމަތްތެރިކޮށް ހިތަންވާނެ ކަމަށް ވިދާޅުވަމުން ވަޒީރު މާރކޯ ބުޝްމަން ވިދާޅުވީ، ޖަރމަނީގައި ކޮންޓެންޓަށް ޒިންމާވާނެ މީހަކު ޓެލެގްރާމުން ހަމަޖައްސާފައި ހުންނަން ވާނެ ކަމަށެވެ. އަދި ޖަރމަނީން އެކަށީގެން ނުވާ ކޮންޓެންޓް ކަމަށް ކަނޑައަޅާ މާއްދާތައް ޓެލެގްރާމުން ނަގަން ވާނެ ކަމަށެވެ.
ޖަރމަނީގައި ވެކްސިން ނުޖެހުމަށް ދެކޮޅު ހަދާ ބަޔަކު ވަނީ ފުލުހުންނާއި ސިއްޙީ ފަރުވާގެ އުޅޭ ފަރާތްތަކާ ދެކޮޅަށް ޓެލެގްރާމް ޗެނަލްތަކުގައި އިންޒާރު ދީހަދާފައެވެ.
ޖަރމަނީން ބޭނުން ވަނީ މިތަކެތި އެ ޗެނަލްތަކުން ޑިލީޓްކޮށް އެމީހުން ބްލޮކް ކުރާށެވެ.