ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ހެދުމަށްފަހު ސައޫދީ އަރަބިއްޔާގައި އަންހެނުންނަށް ހައްގު މަގާމު މުޖުތަމައުގައި ދޭން ފަށައިފިއެވެ. ފުރަތަމަ ފަހަރަށް ސައޫދީ ތާރީޚްގައި އަންހެނުންނަށް ޖަމަލުގެ ރީތީގެ މުބާރާތުގައި ބައިވެރިވާން ފުރުސަތު ލިބުނީ މިއަހަރުގައެވެ.
އިހައްދުވަހު ފެށުނު ޖަމަލު ރޭހުގައި 40 އަންހެނުން ބައިވެރިވެފައި ވެއެވެ.
މިދިޔަ އަހަރު ޖަމަލުގެ ރީތީގެ މުބާރާތުގައި ބައިވެރިން މަކަރު ހެދުމުން އީވެންޓް ކެންސަލް ކުރީއެވެ.
ޖަމަލުގެ ރީތިކަން ބަލަނީ އެސޮރުގެ ތުންފަތާއި ކަނދުރާގެ ދިގުމިނާއި ގޮން ގަނޑުގެ އުސްމިންފަދަ ކަންތައްތަކަށް ބަލާފައެވެ.
ބަދަވީންގެ އާދަކާދަ ދެއްކުމަށް ބާއްވާ މި މުބާރާތުގައި ގަލްފުގެ ގައުމުތަކުން ވެސް ބައިވެރިވެއެވެ. ވަނަ ލިބޭ ފަރާތްތަކަށް އެތައް މިލިއަން ރިޔާލަ ލިބެއެވެ.