ރެއާލްމެޑްރިޑަށް ކުޅެމުން އަންނަ އުރުގުއޭގެ އުއްމީދީ މިޑްފީލްޑަރު ފެޑެރީކޯ ވަލްވާޑޭ ކަނާތުފައި ބިންދައިގެން ދިޔުމާއި ގުޅުމާއި ގުޅިގެން ކުޅުމާއި ދުރުގައި ހުންނަން ޖެހިއްޖެއެވެ.
ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާނާއި އުރުގުއޭ ގައުމީ ޓީމުގެ ކޯޗް އޮސްކާ ތަބަރޭޒްގެ އިތުބާރު ވަރަށް ބޮޑަށް ހޯދާފައިވާ ވަލްވާޑޭގެ ފައި ބިންދައިގެންދިޔައީ ސްޕެނިޝް ލަލީގާގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ވެލެންސިޔާ އަތުން 4-1 އިން ރެއާލް ބަލިވި މެޗުގައެވެ.
ރެއާލްމެޑްރިޑުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ވަލްވާޑޭއަށް ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނެ ދުވަހެއް ނޭނގޭ ކަމަށެވެ.
ވަލްވާޑޭ،22، އަށް އަނިޔާވެފައި މިވަނީ ރެއާލް އާއި އުރުގުއޭގެ ގައުމީ ޓީމުގެ ފުރަތަމަ އެގާރައިން މުހިއްމު ދައުރެއް އޭނާއަށް ލިބިފައި ވަނިކޮށެވެ. ވަލްވާޑޭ އެންމެ ބޮޑަށް ފާހަގަ ކުރެވިފައި ވަނީ މެދުތެރެއިން އިދިކޮޅު ޓީމުގެ ކުޅުންތެރިން އަތުން ބޯޅަ އަތުލުމަށް ތޫނުފިލި އަދި ގޯލާ ރައްޓެހި ކުޅުންތެރިއެއްގެ ގޮތުގައެވެ.