މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީ (އެމްއޭއޭ) ގެ ކިޔެވުން ފަށައިފިއެވެ.
މޯލްޑިވިއަން އާއި ގައުމީ ޔުނިވަރސިޓީ ގުޅިގެން އުފެއްދި މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ކިޔެވުން ފެށީ މިއަދުއެވެ.
އެ ސްކޫލުން ބުނީ މިއަދު ކިޔަވައިދޭނީ ސްޓޭޓް އޮފް ދަ އާޓް ލާނިންގ މޭނޭޖްމެންޓް ސިސްޓަމް (އެލްއެމްއެސް) މެދުވެރިކޮށް ކަމަށާއި އެލްއެމްއެސް ބޭނުންކޮށްގެން ކޯސް ކުރިއަށްގެންދިއުމަށް ސިވިލް އެވިއޭޝަން އޮތޯރިޓީ (ސީއޭއޭ) އިން ވެސް ހުއްދަ ދީފައިވާ ކަމަށެވެ.
ފްލައިންގ ސްކޫލުގެ ރިފްރެޝަރ ޕްރޮގްރާމުގެ ފުރަތަމަ ބެޗުގެ ކިޔެވުން މިއަދު ފެށީ 35 ދަރިވަރުންނާއެކު އޮންލައިންކޮށެވެ.
އެ ޕޮރޮގްރާމުގައި 150 ގަޑިއިރުގެ ތިއަރީ ކްލާހާއި ދިހަ ގަޑިއިރުގެ ފްލައިންގ ކުރިއަށް ގެންދާ އިރު، ތިއަރީ ކްލާސްތައް އޮންނާނީ ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް މެންފުރު ފަހު 1:00 އިން ހަވީރު 6:00 އަށެވެ. ފްލައިންގ ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ރިފްރެޝަރ ޕްރޮގްރާމުގައި ދަރިވަރުންގެ ފެންވަރު ބަލައި ވަޒަން ކުރުމަށްފަހުއެވެ.
ކޮންމެ އަހަރަކު 80 ކުދިންނަށް ޖާގަ ދިނުމަށް އެމްއޭއޭ އިން ވަނީ ނިންމާފައެވެ. ފުރަތަމަ ބެޗުން ޖާގަ ދިނުމުގައި އިސްކަން ދީފައިވަނީ އެކި ސަބަބުތަކާ ހުރެ ކޯސް މެދުކެނޑިފައިވާ ދަރިވަރުންނަށެވެ.
އެމްއޭއޭގެ ނަމުގައި ހަދާފައިވާ ފްލައިންގ ސްކޫލު ރަސްމީކޮށް އިފްތިތާހުކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. އެމްއޭއޭގެ ކޯސްތައް ހިންގުމުގައި އިސްކޮށް ހަރާކާތްރިވާނީ ޗެކް ރިޕަބްލިކްގެ ޕްލައިން ސްކޫލެއް ކަމަށްވާ ފްލައިން އެކެޑަމީންނެވެ.