މާލޭގެ ސަރަހައްދަކުން މިއަދު ފެން ކަނޑާލާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފިއެވެ.
އެ ކުންފުނިން ބުނީ ފެން ކަނޑާލަނީ ދަރުބާރުގޭ ސަރަހައްދުގައި ހުރި ބައެއް ގޭބިސީތަކުން ކަމަށެވެ.
އެ ކުންފުނިން ކުރި ޓްވީޓެއްގައި ބުނީ މާލޭގެ ވޯޓަރ ނެޓްވޯކުގެ އެމަރޖެންސީ މަރާމާތުގެ މަސައްކަތެއް ކުރަމުންދާ ކަމަށެވެ. އަދި އަމީނީ މަގު، ދަރުބާރުގޭ ސަރަހައްދުގައި ހިމެނޭ ބައެއް ގޭބިސީތަކުން ފެނުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށެވެ.
ވީއެންމެ އަވަހަކަށް ޚިދުމަތް ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ކުންފުނީގެ ފަރާތުން ނިހާޔަތަށް މަޢާފަށް އެދޭ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.