ރާއްޖެއިން ކޮވިޑް19 އަށް މިއަދު 67 މީހުން ޕޮޒިޓިވްވެއްޖެއެވެ.

މިއަދު ޕޮޒިޓިވްވީ67 މީހުންގެ ތެރެއިން44 މީހުންނަކީ ދިވެހިންނެވެ. އަދި އަދި އަނެއް23 މީހުންނަކީ ބިދޭސީންނެވެ.މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 62 މީހުން ޕޮޒިޓިވްވީ މާލެސަރަހައްދުންނެވެ. އަދި 5 މީހުން ޕޮޒިޓިވްވެފައިވަނީ އަތޮޅޔތެރެއިންނެވެ.

މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 9494 އަށް އަރާފައެވެ. މިހާރު އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 1422 ގަ އެވެ.

އަދި މިއަދު 130 މީހަކު ކޮވިޑުން ރަނގަޅުވެ ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 8033 އަށް އަރާފަ އެވެ.

މިހާރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނީ 104 މީހަކަށެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިގެން 33 މީހުން ވަނީ މަރުވެފައެވެ.