ކޮމަންޑޫ ދާއިރާގެ މަޖިލިސް ކެމްޕެއިންގައި އިދިކޮޅު ކެނޑިޑޭޓުގެ ކެމްޕެއިންގައި ބައިވެރިވެ ވަޑައިގެންނެވުމަށް އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން މާދަމާ ކޮމަންޑޫ ދާއިރާއަށް ވަޑައިގެންނެވުމަށް ހަމަޖެހިއްޖެއެވެ.

ޕީޕީއެމް އިން ބުނެފައިވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރާ މޫސާ ފަތުހީ އާދަމްގެ ކެމްޕޭނަށް ރައީސް ޔާމީން މާދަމާ ކޮމަންޑޫ ދާއިރާގެ ތިން ރަށަށް ވަޑައިގަންނަވާނެކަމަށެވެ.

މިދަތުރުފުޅުގައި ށ. ފުނަދޫ ރައްޔިތުން އިންތިޒާމުކޮށްގެން ބާއްވާ "އިންޑިއާ އައުޓް" ހަރަކާތުގައިވެސް ރައިސް ޔާމީން ބައިވެރިވާނެކަމަށް ޕީޕީއެމުން ބުނެފައިވެއެވެ.

މޫސާ ފަތުހީގެ ކެމްޕެއިންގައި ޕީޕީއެމްގެ ލީޑަރޝިޕްގައި ހިމެނި ވަޑައިގަންނަވާ ގިނަ ބޭފުޅުން މިހާރުވެސް ތިއްބެވީ ކޮމަންޑު ދާއިރާގެ ތިން ރަށުގައި ކެމްޕެއިންގައެވެ.