ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާންގެ މައްޗަށް ކުރާ ދަޢުވާގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

އޭނާގެ މައްޗަށް ކުރަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައެވެ. އަދި އެ ދައުވާގެ ޝަރީއަތުގެ އަޑު އެހުމެއް ކްރިމިނަލް ކޯޓުގައި މިއަދު ހެނދުނު 09:00 އަށް ވަނީ ތާވަލުކޮށްފައެވެ.

އެހެންނަމަވެސް ކްރިމިނަލް ކޯޓުން މިއަދުގެ ޝަރީޢަތް ކެންސަލް ކޮށްފައިވާ އިރު، އެއީ ކޮން ސަބަބަކާ ހެދިކަމެއް ހާމައެއް ނުކުރެއެވެ.

ނިހާންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރިޝްވަތައް އެދުމުގެ ދެ ދައުވާ އަކާއި، މަނީ ލޯންޑާ ކުރި ކަމުގެ ދައުވާ އާއި، ރިޝްވަތު ހިފުމުގެ ތިން ދައުވާ އެކެވެ.

މި ދައުވާތައް ނިހާންގެ މައްޗައް ސާބިތު ވެއްޖެނަމަ 36 އަހަރަށް ވުރެ ދިގު ޖަލުހުކުމެއް އަންނާނެއެވެ.