ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މަބްރޫކް މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި މިއަދު ވިދާޅުވީ އޭނާ ކޮވިޑަށް ޕޮޒިޓިވްވީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ކަމަށާއި އެސަބަބާ ހުރެ ނޫސްވެރިންގެ ސުވާލުތަކަށް މިދުވަސްކޮޅު ޖަވާބު ނުދެއްވެނީ ކަމަށެވެ.

މި ދުވަސްކޮޅު ހުންނެވީ "މެޑިކަލް ލީވް"އެއްގައި ކަމަށާއި ސިއްހީ ހާލުކޮޅު ރަނގަޅުވީހާ އަވަހަށް މަސައްކަތަށް ނުކުމެވަޑައިގަންނަވާނެ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.