ހުޅުމާލެ ފޭސް2 ގައި އަޅާފައިވާ ހިޔާ ފްލެޓްތަކުން ކަރަންޓް ކެނޑިއްޖެއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ ހުޅުމާލޭގެ ހިޔާފްލެޓްތަކުން ކަރަންޓް ކެނޑިފައިވަނީ ކަރަންޓު ދިނުމަށް އަޅާފައިވާ ކޭބަލަކަށް، ކޮނުމުގެ ތެރޭގައި ގެއްލުންވެގެންކަމަށެވެ. ޓަވަރުތަކުން ކަރަންޓް ކެނޑިފައިވަނީ ގާތްގަނޑަކަށް 09:30 ހާއިރުއެވެ.

އެ މައްސަލަ ހައްލުކޮށް ވީ އެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.

ހިޔާއަށް ސްޓެލްކޯގެ ކަރަންޓު ދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގަ އެވެ. އަދި ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށުމުން ސްޓެލްކޯއިން ވަނީ ހުރިހާ ގަޑިތަކުގައި 16 ޓަވަރަށް ކަރަންޓުގެ ހިދުމަތް ދޭން ފަށާފަ އެވެ.