ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިރަޒަމްގެ އަމަލެއް ހުއްޓުވައި ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޓެރަރިޒަމްގެ އެ އަމަލާ ގުޅޭގޮތުން ފުލުހުންގެ އިންޓަލިޖަންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފެށި އެ އޮޕަރޭޝަން އަދިވެސް ކުރިއަށްދާ ކަމަށެވެ.
އެ އޮޕަރޭޝަންގައި މާލެއިން މީހަކާއި ކަނޑުމަތީގައި އޮތް ދޯންޏަކުން މީހަކު އަދި ތ. ތިމަރަފުށިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަނާ ގުޅޭ ތަފްސީލީ މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށެވެ.