ހުޅުމާލެ ހިޔާ ފުލެޓް ސަރަހައްދުގެ ކަރަންޓު ކެނޑިފައިވާ ހުރިހާ ފުލެޓަކަށް ކަރަންޓު ދެވިއްޖެކަމަށް ސްޓެލްކޯއިން މައުލޫމާތު ދެއްވިއެވެ. މިއަދު ބައެއް ފުލެޓުން ކަރަންޓު ކެނޑުނީ ކޮންނަނިކޮށް އެސަރަހައްދުގައި އަޅާފައިވާ ކަރަންޓް ކޭބަލަކަށް ގެއްލުންލިބިގެނެވެ. މިހާރު އެ މައްސަލަ ހައްލުކޮށް ޚިދުމަތް ކެނޑުނު ހުރިހާ ފުލެޓަކަށްވެސް ކަރަންޓު ދެވިއްޖެކަމަށް ސްޓެލްކޯއިން މައުލޫމާތު ދެއްވިވެ.
ސްޓެލްކޯއިން ކުރި ޓްވިޓެއްގައި ވަނީ ކަރަންޓު ކެނޑުމުން ދިމާވި ދަތިތަކަށް މަޢާފަށް އެދޭކަމަށާއި މިފަދަ ކަންކަމުގައި ކަސްޓަމަރުންގެފަރާތުން އަބަދުވެސް ލިބެމުންއަންނަ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާކަމަށެވެ.
މާލެސަރަޙައްދުގެ ހުރިހާ ހިސާބަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެނީ ސްޓެލްކޯއިންނެވެ.