މޫސުން ގޯސްވުމުގެސަބަބުން މިއަދު ހަވީރު 16 އިން ފެށިގެން ރޭގަނޑު 22 އާއި ހަމައަށް ހއ. ފެށިގެން ފ އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރުނީ ދިވެހިރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދަށް ވައި ޖެހޭނެކަމަށް ލަފާކޮށްފައެވެ. އަދި މި ވަގުތުތަކުގައި މި ސރަހައްދުގެ ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކުރެއެވެ.