ކޮވިޑް-19 ޖެހިގެން ޒުވާން ދިވެހި އަންހެނަކު މަރުވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ ގއ. މާމެންދުއަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ ޒުވާން އަންހެނެކެވެ. އޭނާ މަރުވެފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.

މި މަރާއެކު ރާއްޖެއިން ކޮވިޑުގައި މަރުވި މީހުންގެ އަދަދު ވަނީ 266 އަށް އަރައިފައެވެ.

މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 106،595 މީހުންނެވެ. އޭގެ ތެރެއިން ބަލިން ފަސޭހަނުވެ ތިބީ 8،079 މީހެކެވެ. މި ވަގުތު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 40 މީހަކަށެވެ.