އއ. އުކުޅަހު ބަނދަރުގެ އެއްގަމު ތޮށި ލުމާއި ޖެޓީ ހެދުމުގެ މަސްރޫޢުގެ މަސައްކަތުގެ 92 ޕަސަންޓުގެ މަސައްކަތް ނިމިއްޖެކަމަށް އެމްޓީސީސީ އިން މައުލޫމާތު ދެއްވިއެވެ.

މި މަޝްރޫޢުގެ ދަށުން 19،630 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި 31 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމާއި 136 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުން ހިމެނެއެވެ. އަދި 138.73 މީޓަރުގެ ފާލަމެއް ހެދުމާއި 580 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

އުކުޅަހު ބަނދަރުގެ ތޮށި ހެދުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރީ 24 ފެބުރުއަރީ 2021 ގައެވެ.

މި މަސައްކަތުގެ ތެރެއިން އެ ބަނދަރުގެ ބޭރު ތޮށީގެ ޕްރޮފައިލިން މަސައްކަތްތައް މި މަހު 12 ގައި ފެށިފައިވާކަމަށް އެމްޓީސީސީއިން މައުލޫމާތދެއްވި އެވެ.