ކޯވިޑް-19 އާ ގުޅިގެން ބަންދުކުރުމަށްފަހު އަންނަ ހޮނިހިރުދުވަހު ސަލްޓަން ޕާކް ހުޅުވަން މާލެސިޓީ ކައުންސިލުން ނިންމައިފިއެވެ.
ސިޓީ ކައުންސިލުން ވިދާޅުވީ ސަލްޓަން ޕާކް މިވަގުތު ހުޅުވަނީ އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށްގެންކަމަށާއި ޕާކްތަކަށް ކުޑަކުދިން ގެންދިޔުމާ ގުޅޭގޮތުން އެޗްޕީއޭއިން ވަކި ގޮތެއް އެންގުމުން އެ ފުރުޞަތުވެސް ހުޅުވާލާނެކަމަށެވެ.
ސަލްޓަން ވިރާނާވުމަށް ދޫކޮށްލާފައިވާކަމަށް ދެކެވޭ ވާހަކަ ދޮގުކުރައްވާ ސިޓީ ކައުންސިލުން ބުނީ އެތަން ބެލެހެއްޓުމަށް މިހާރުވެސް 40 އަށްވުރެ ގިނަ މުވައްޒަފުން ތިބޭކަމަށެވެ. އަދި ކޯވިޑް-19ގެ ހާލަތު ރަނގަޅުވުމުން މިހާރަށްވުރެ ބޮޑަށް ޕާކް ތަރައްޤީކުރުމަށް އިސްކަންދޭނެ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.