އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ޔުމްނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ ސާމްޕަލް ޓެސްޓް ކުރިއިރު، ނަތީޖާ ޕޮޒިޓިވްވެފައިވާ ކަމަށާއި މިވަގުތު ހުންނެވީ ގޭގައި އަމިއްލައަށް އެކަހެރިވެގެން ކަމަށެވެ.

"ހުން އައިސް ރޯގާ އެބަހުރި، ކަރުގައާއި ހަށިގަނޑުގައި ވެސް ރިހުން އެބަ ހުރި، އިރާދަކުރެއްވިއްޔާ މިކަމުން އަރައިގަނެވޭނީ، މައިންބަފައިންނާއި އާއިލާއާއި މެދު ކަންބޮޑުވޭ އެބަ،" ޔުމްނާގެ ޓްވީޓްގައިވެއެވެ.