އއ. މާޅޮހު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެމްޓީސީސީއިން ކުރިޔަ ގެންދިޔަ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތް ނިންމައިފިއެވެ.

މި މަސްރޫއުގެ ދަށުން 24،335 ކިއުބު މީޓަރު ބަނަދަރު ފުންކުރުމާއި 394 މީޓަރުގެ ސަރަހެއްދެއްގައި އެއްގަމު ތޮށި ލުމުގެ އިތުރަށް 407 މީޓަރުގެ ސަރަހަށްދެއްގައި ބޭރު ތޮށިލުން ހިމެނެއެވެ.

މީގެ އިތުރަށްވެސް މާޅޮހު ބަނދަރުގައި ބައްތި ހަރުކުރުމާއި، 1970 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓު ހެދުމާއި، 100 މީޓަރުގެ ސަރަހައްދެއްގައި ރިވެޓް ޖެހުމާއި، 56 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުން މި މަސްރޫއުގައި ހިމެނެއެވެ.

އެމްޓީސީސީ އިން ބުނީ މާޅޮހު ފަޅު ފުންކުރުމުގެ މަސައްކަތުގައި ދިމާވެފައިވާ ހަރު އާނުގަނޑު ކޮނުމަށް ބޭނުންވާ މެޝިނަށްވެސް މިހާރު އެކުންފުނިން ދަނީ އިންވެސްޓު ކުރަމުން ކަމަށެވެ.

މާޅޮހު ބަނދަރު ތަރަށްގީކޮށް މުޅީން ނިމުމުން އެ ބަނދަރަކީ އެމްޓީސީސީއން ތަރައްގީކުރާ އެންމެ ބޮޑު އެއްބަނދަރަށް ވާނެކަމަށް އެ ކުންފުނިން ބުންޏެވެ.