ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ ބާވަތްތަކެއްގެ ތަކެތި ނައްތާލައިފިއެވެ.

ނައްތާލެވުނު ތަކެތީގެ ތެރޭގައި ބަނގުރަލާއި ބަނގުރާ އެކުލެވޭ ބިޔަރު ހިމެނެއެވެ. މި ތަކެތި ނައްތާލާފައިވަނީ 22 ޖަނަވަރީ ގައި ކ. ތިލަފުށީ ކުނި ނައްތާލާ ސަރަޙައްދުގައެވެ.

ކަސްޓަމްސް އިން ނައްތާލާފައިވާ ތަކެއްޗަކީ 1059.85 ލީޓަރު ބަނގުރަލާއި 8481.93 ލީޓަރު ބިޔަރެވެ.

މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ޤަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ މިނޫންވެސް ސަބަބަކާހުރެ ނައްތާލުމުގައި ކަސްޓަމްސްއިން ޢަމަލުކުރާ އުޞޫލުގެ ދަށުން ނައްތާލެވުނު ތަކެއްޗެވެ.

އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ނައްތާލެވިދާނެކަމަށް ކަސްޓަމްސްގެ ޢާންމު ޤަވާއިދުގައި ބަޔާންކުރެވިފައިވެއެވެ.