އެމްޑަބްލިއުއެސްސީ ކައިރިން ފެނުނީ ނުރައްކާތެރި އެއްޗެއް ނޫންކަން ކަށަވަރުވެފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ބުނީ އެމްޑަބްލިއުއެސްސީ ކައިރީގައި ހުންނަ ޕާކީ ޒީންގައި ރޭ ހަރަކާތްތެރިވެފައިވަނީ ގޮތްނޭނގޭ އެއްޗެއް އޮތް ކަމުގެ މައުލޫމާތު ލިބިގެން ކަމަށެވެ. އެކަމަކު އެއީ ނުރައްކާތެރި އެއްޗެއް ނޫން ކަން މިހާރު ވަނީ ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ރޭ ފުލުހުންނާއި ސިފައިން އެ ޕާކިން ޒޯންގައި ހަރަކާތްތެރިވެފައިވަނީ ޓެރަރިޒަމް ހަމަލާއެއް ދޭންވެގެން ބަޔަކު އެތާނގައި ގޮވާ ޒާތުގެ އެއްޗެއް ބާއްވާފައި އޮތް ކަމުގެ މައުލޫމާތު ލިބިގެންނެވެ.