ޢަރަބި އަންހެނުންގެ މޫނުމަތި ވަރަށް ތާޒާވެފައި ސާފެވެ. އޮމާން ވެފައި ރީއްޗެވެ. ޒުވާންކަމާއި ނަލަކަން އެ މޫނުތަކުން ފާޅުވެއެވެ. ސިއްރަކީ އެމީހުން ލާހެދުމެވެ.

އީންޖީނުލީ އުޅަނދުފަހަރުން ދޫކުރާ ދުމުން އަދި ކާރުޚާނާތަކުގެ ދުންހޮޅިން ބޭރުކުރާ ދުމުން ޖައްވުގެ ވައި ތަޣައްޔަރު ވުމުގެ ސަބަބުން ހަންގަޑަށް އޭގެ އަސަރުކުރެ އެވެ. މީގެ އިތުރަށް އިރުގެ އަވިން ހަންގަނޑަށް ލިބޭ ގެއްލުންވެސް ވަކި ކުޑައެއްނޫނެވެ. މިކަން އެންމެ ފަސޭހައިން ފާހަގަވާނީ ބޭރުގައި އުޅެފައި އައިސް ތެތް ތުވާއްޔަކުން މޫނު ފުހެލުމުންނެވެ. ހަމުގެ ޚާއްޞަ ޑޮކްޓަރުން ޤަބޫލުކުރާގޮތުގައި ޢަރަބި އަންހެނުންގެ އޮމާން ރީތި ހަންގަޑެއް ދެމެހެއްޓޭ ސަބަބީ އެމީހުންގެ ހަންގަނޑު ނިވާކުރާ ހެދުމެވެ.

ޢަރަބިންގެ ހެދުމުން އެމީހުންގެ ހަށިގަނޑުގެ އިތުރަށް މޫނުވެސް ޖައްވުގެ ތަޣައްޔަރުކަމާއި އިރުގެ އަވިން ސަލާމަތްކޮށްދެ އެވެ. ގާތިކް ސެންޓަރަލް ހޮސްޕިޓަލުގެ މައްޝޫރު ހަމުގެ ޑޮކްޓަރެއްކަމއްވާ ނަޖަތު އަލް ނަޒަރު ދާދި ފަހުން ބުނީ ދުނިޔޭގައި އެންމެ ހަންގަޑު ސާފު ރީތި އަންހެނުން ތިބީ ސައުދިޢަރަބިޔާގަ އެވެ. އެއީ އެމީހުންގެ ބުރުގާއިން މޫނު ނިވާކުރާތީ އެވެ. އެހެނީ އިރުން އުފެދޭ ނުރައްކާތެރި ރޭޑިއޭޝަނުން އެމީހުންގެ ހަންގަޑު ރައްކާތެރިކުރެ އެވެ.

އިރުގެ އަލިން ހަންގަނޑަށް ވަރަށްބޮޑަށް ގެއްލުން ލިބެއެވެ. ހަންގަނޑު އެނދުން، ރޫޖެހުން، ކަޅު ލައްޖެހުން ހަންގަނޑުގެ ކުލަ އަނދިރިވުން ފަދަ ކަންތައް ދިމާވެއެވެ. އަދި ހަމުގެ ކެންސަރު ޖެހުމަކީވެސް އިރުގެ ރޭޑިއޭޝަނުން ދިމާވާ މައްސަލައެކެވެ.

ހަމުގެ ޑޮކްޓަރުން ބުނާގޮތުގައި އިރުގެ ހޫނުގެސަބަބުން ބޮޑެތި ފެންގަނޑުތައް ހިކި، ގަސްތަކުގައި ރޯވެ އަލިފާން ހިފާއިރު އިންސާނާގެ ހަންގަނޑަށް ވާނެ ގެއްލުން އިހުސާސް ކޮށްލަބަލާށެވެ! އެހެންކަމުން ދުވާލު 10 އާއި ހަވީރު 4 އާއި ދެމެދު ގެއިން ބޭރުގައި އުޅޭނަމަ ސަން ލޯޝަނެއް އުނގުޅުމަށް ހަމުގެ ޑޮކްޓަރުން އިރުޝާދު ދެއެވެ.

ދުޅަހެޔޮ، ޒުވާން، ޗާލު ހަންގަނޑެއް ބޭނުންނަމަ، ޖައްވުގެ ތަޣައްޔަރު ވައިންނާއި އިރުގެ އަވިން ހަންގަނޑު ރައްކާތެރިކުރަންޖެހެއެވެ. މިކަން ކުރުމަށް ގޭގައި އޮތުމަކީވެސް ހައްލެއްނޫނެވެ. ނަމަވެސް ޢަރަބި އަންހެނުން މިސާލަކަށް ނެގިދާނެއެވެ. އެމީހުންގެ ހެދުމުން މުޅިހަށިގަނޑާއި މޫނާއި އިސްތަށިގަނޑު ރައްކާތެރިކޮށްދެއެވެ.

މައުލޫމާތު: ލައިފް އިން ސައުދިއަރަބިޔާ ޑޮޓް ނެޓް