އިނގިރޭސި ވިލާތުގެ މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކެވިން ޑިބްރޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދަނީ ރާއްޖޭގެ އެންމެ އަގުބޮޑު ރެޒޯޓް، ވެލާ ޕްރައިވެޓް އައިލެންޑް ގައިކަން ހާމަވެއްޖެއެވެ.
ޑިބްރޭނާ ޗުއްޓީއަށް ރާއްޖެ އައީ އާއަހަރުގެ ޗުއްޓީއަށް އިނގިރޭސި ފުޓްބޯޅަ ސީޒަން ދެހަފްތާއެއްހައި ދުވަހަށް މެދުކަނޑާލުމާއި ގުޅިގެންނެވެ. ޗުއްޓީ ހޭދަކުރުމަށް ޑިބްރޭނާ ރާއްޖެ އާއި އަންހެނުން މިޗެލީ އާއި ތިން ދަރިން ކަމުގައިވާ މޭސަން އާއި މިލިއަން އަދި ރޯމް ގޮވައިގެންނެވެ.
ރާއްޖޭގައި ހޭދަކުރަމުން އަންނަ ޗުއްޓީއާ ގުޅޭ ގޮތުން ޑިބްރޭނާ ސޯޝިއަލް މީޑިޔާއަށް ދޫކޮށްލާފައި ވަނީ ހަމައެންމެ ފޮޓެއެކެވެ. މިފޮޓޯއަށް ބައިމިލިޔަނެއްހައި ފްލޯވަރުން ވަނީ ލައިކް ދީފައެވެ.
ޑިބްރޭނާގެ އިތުރުން ލިވަޕޫލްގެ މަޝްހޫރު ޑިފެންޑަރ އެލްގްޒެންޑަރ އާނޯލްޑާއި ފޯވާޑް ރޮބާޓް ފިރްމީނޯ ވެސް ދަނީ މިވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.