ބ. ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މެރިންއާއި ޓެރެސްޓްރިއަލް ސަރވޭ ނިމިފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ. އޭގެ އިތުރުން އެއަތޮޅު ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މެރިން ސަރވޭ ވެސް މިހާރު ވަނީ ނިމިފައި ކަމަށް އެމްޓީސީސީން ވިދާޅުވިއެވވެ.

މި ދެރަށުގެ އެ ސާވޭއަށްފަހު މިހާރު ކުރިއަށްދަނީ ރ. އަލިފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މެރިންއާއި ޓެރެސްޓްރިއަލް ސާވޭ ހެދުމުގެ މަސައްކަތް ކަމަށް ވެސް އެކުންފުނީން ވިދާޅުވިއެވެ.

މެރިން ސަރވޭ ތެރޭގައި ހިމެނެނީ، މަހުގެ ސެންސަސް، ފަރުތަކުގެ ބެންތިކް ކޮމްޕޮސިޝަންގެ ކޮލިޓޭޓިވް އެނޭލިސިސް އާއި މެރިން ވޯޓަރ ސާމްޕްލިން އެވެ. ޓެރެސްޓްރިއަލް ސާވޭ ތެރޭގައި ހިމެނެނީ ސްޓޭކްހޯލްޑަރުންނާއި ކޮންސަލްޓްކުރުމާއި، ވެޖިޓޭޝަން ޓްރާންސެކްސްޓްއާއި، ބީޗް ޕްރޮފައިލް ކުރުމާއި، ޝޯރލައިން އެނެލައިޒް ކުރުން ކަމަށް އެމްޓީސީސީން ވިދާޅުވެފައި ވެއެވެ.