ށ. މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫޢުގެ ދަށުން 16.7 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިރޭ ފެށޭނޭ ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
އެކުންފުނީން މިއަދު ވިދާޅުވީ އެ ތަން ހިއްކުމަށް ބޭނުންވާ ވެލި ނެގުމުގެ ހުއްދަ އީޕީއޭ އިން މިހާރު ވަނީ ދެއްވާފައި ކަމަށެވެ. އެ ހުއްދަ ދެއްވުމާއެކު މިހާރު ގެންދަވަނީ އެމްޓީސީސީގެ މަހާ ޖައްރާފަށް ވެލި ބަރުކުރަމުން ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.
އީޕީއޭ ގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނައީމް މިއަދު ވިދާޅުވީ ދެ ކޮމަންޑޫ އެއްކުރުމަށް ބޭނުންވާ ވެލި ނެގުމުގެ ހުއްދައާއި އެ މަޝްރޫއަށް އީޕީއޭއިން ދޭންޖެހޭ އެހެނިހެން ހުއްދަވެސް މިހާރު ވަނީ ދީފައި ކަމަށެވެ. އެ ހުއްދަ ދީފައިވަނީ ލާމަރުުކަޒީ ގާނޫނުގެ ދަށުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.