ޖަނަވަރީ 1937 ގައި ޙުސައިން ރަހާއަށް އެރުވި މި ޢާލަމީ ފާހަކީ ދިވެއްސަކަށް އެންމެ ފުރަތަމަ ލިބުނު ޔުނިވަރސިޓީ ޑިގްރީ ކަމަށް ވަކާލާތު ކުރެވިދާނެއެވެ. ގިނަ ބަޔަކު މި ޝަރަފު އަރުވަނީ 1965 ގައި ބީއޭ ހެއްދެވި ބީއޭ ނަސީމަށެވެ.ހަމަ 1965 ގައި މއ. ދަހަރާގޭ ޑރ. ޢަބްދުލް ރަޝީދު މެޑްރާސް މެޑިކަލް ކޮލެޖުން އެމް.ބީ.ބީ.އެސް ހެއްދެވިއެވެ.

ފަހުން ކެނެޑާއަށާއި ޔޫއެސް. އަށް ބަދަލަވެ 1976 ގައި ޕީ.އެޗް.ޑީ. ހެއްދެވިއެވެ.މި ފޮޓޯ ނެގީ 2006 ގައި ހިތަދޫއަށް އަޅުގަނޑު ކުރި ދަތުރެއްގައި މޫސާ ޢަލި ދިދީގެ ގެކޮޅުގެ ފެންޑާގެ ފާރުންނެވެ.