ހުޅުމާލޭގައި މިރޭ ހަވާ އެރުވާގޮތަށް ހަމަޖެހިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ މިރޭ 23:45 ގައި، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަވާއެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ހަވާ އަރުވަނީ އަމިއްލަ ފަރާތަކުން ބާއްވާ އިވެންޓަކާއި ގުޅިގެން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އާ އަހަރު ފެށުމުގެ މުނާސަބަތުގައި މިދިޔަ މަހު ވެސް ހުޅުމާލޭގައި ހަވާ އަރުވާފައިވެ އެވެ.