ނިއުޒީލަންޑްގެ މާބަނޑު ނޫސްވެރިޔަކު ވަނީ އަމިއްލަ ގައުމަށް އޭނާ ނުވެއްދުމުން ތާލިބާންގެ އެހީތެރިކަމަށް އެދި އެމީހުންގެ މެހްމާންދާރީ ގަބޫލުކޮށްފައެވެ. އޭނާ ބުނާ ގޮތުން ތާލިބާނުންގެ އެހީއަށް އެދި ތާލިބާން ޖަމާއަތާ ދިމާއަށް ދިޔައީ އޭނާއަށް މި ވަގުތު ވިސާލިބިގެން ފަސޭހަ ދިރިއުޅެއް އުޅެވެން އޮތީ އަފްޣާނިސްތާންގައެވެ.
ނިއުޒިލެންޑްގައި ކޮވިޑާ ގުޅިގެން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކިގެ ސަބަބުން އޭނާވެސް ގައުމަށް ވަންނާކަށް އެގައުމުގެ އިމިގްރޭޝަނުން ހުއްދައެއް ނުދެއެވެ. އޭނާއަކީ މާބަނޑު އަނެހނެކެވެ.
ހޮނިހިރު ދުވަހު ނިއުޒީލެންޑް ހެރަލްޑްގައި ޝާއިއުކޮށްފައިވާ ކޮލަމްގައި ޗާލޮޓް ބެލީސް ވިދާޅުވީ، އަންހެނުންނާ މެދު ތާލިބާނުން އަމަލުކުރާ ގޮތާ މެދު ތާލިބާންގެ ފުރަތަމަ ނޫސްކޮންފަރެސްގައި އޭނާ ސުވާލު ކުރި ކަމަށާއި، މިހާރު އޭނާގެ އަމިއްލަ ސަރުކާރާ ހަމަ އެ ސުވާލުތައް ކުރަމުން އަންނަ ކަމަށެވެ.
ތާލިބާނުން މާބަނޑު، އަދި ކައިވެނި ނުކޮށް ހުރި އަންހެނަކަށް ސަލާމަތާއި ރައްކާތެރިކަން ދޭއިރު އަދި ހާލުގައި ޖެހިފައިވާ ކަން އެނގޭއިރު ތިމާގެ އަމިއްލަ ސަރުކާރުން އެފަދަ އެހީތެރިކަމެއް ޚާއްސަކޮށް މާބަނޑު މީހަކަށް ނުދެނީ ކީއްވެގެން ހެއްޔެވެ؟
ބެލީސްއަކީ އަލްޖަޒީރާގެ ރިޕޯޓަރެކެވެ. އޭނާ ބަލިވެ އިނީ ބެލްޖިއަމްގެ އެމެރިކާގައި މަސައްކަތް ކުރާ ނޫސްވެރިއަކަށެވެ. ބެލްޖިއަމްގައި ނިއުޒިލެންޑް މީހުންނަށް ލިބެނީ ތިން މަހުގެ ވިސާއެކެވެ. އޭނާ ވަޒީފާ އަދާ ކުރާަ ގަތަރުގައި އޭނާއަށް ހުރެވެން ނެތީ ކައިވެނީގެ ބޭރުން ބައިލެ އިނުމުން ނެވެ.
ތާލިބާނުގެ މުއްލާއަކަށް ގުޅައި އޭނާގެ ހާލަތު ކިޔައި ދިނުމުން އެމީހަކު ވަނީ އޭނާއަށް އެއްވެސް މައްސަލައަކާ ނުލައި އަފްޣާނިސްތާންގައި ހުރެވޭނެ ކަމަށް ބުނެފައެވެ. ތަކުރާރުކޮށް ނިއުޒިލެންޑަށް ވަނުމަށް ހުއްދަ ދިނުމަށް އޭނާ ހުށަހެޅުމުންވެސް އޭނާގެ އެޕްލިކޭޝަން ވަނީ ރިޖެކްޓް ކޮށްފައެވެ. އޭނާ ބުނާ ގޮތުން އޭނާއާއި ފިރިހެން މީހާއެކު 38 ޑޮކިއުމެންޓް ނިއުޒިލެންޑް ސަރުކާރަށް ހުށަހެޅި ކަމަށެވެ.
ވަކީލަކު ހިލޭ ސާބަހަށް ބެލީސްގެ މައްސަލަ ނެގުމުން ނިއުޒިލެންޑުން މިކަމާމެދު އަލުން ވިސްނާނެކަމަށް ބުނުމުން ބެލީސް ވަނީ މާބަނޑު ހާލަތުގައި ހުށަހެޅި އެހެން މޚީހުންގެ އެޕްލިކޭޝަންތައް ރިޖެކްޓް ކޮށްފައި އެމީހުންގެ މައްސަލަ އަލުން ނުބަލައި އޭނގެ މައްސަލަ ބަލަނީ ކީއްވެތޯވެސް ސުއާލު ކޮށްފައެވެ.