އިސްރާއީލުގެ ރައީސް އިސާކް ހަރްޒޯގް އަބޫދާބީގެ ޝެއިޚް ޒާއިދު ގްރޭންޑް މޯސްކަށް ޒިޔާރަތް ކުރައްވައިފިއެވެ. މިއީ އިޒްރޭލްގެ ރައީސްގެ ޔޫއޭއީގެ ދަތުރުފުޅު ނިންމަވާލައްވަމުން ކުރެއްވި ޒިޔާރަތެކެވެ.
ހަރްޒޯގް އޭނާއާއެކު އޭނާގެ އަނބިކަނބަލުންވެސް މިސްކިތަށް ޒިޔާރަތް ކުރެއްވިއެވެ. ހަރްޒޯގް ވަނީ މި ޒިޔާރަތުގެ ފޮޓޯތައް އޭނާގެ ޓުއިޓާގައި ޙިއްސާ ކުރައްވާފައެވެ.
ޓުއިޓާގައި މީހުން ވަނީ މިކަން ހޫނުކޮށް ބަހުސްކޮށްފައެވެ. އެކަކު ބުނެފައިވަނީ ހަރްޒޯގް މިސްކިތްތަކަށް ޝައުގުވެރިވާނަމަ އަލްއަޤްޞާއަށް ހަމަލާ ނުދިނީހެވެ. މިއީ ހަމަ ހަގީގަތުގައި ވެސް ވަރަށް ބޮޑު މުނާފިގުކަމެއް ކަމުގައި އެމީހާ ބުންޏެވެ.
އެހެން މީހަކު ކޮމެންޓެއްގައި ބުނެފައި ވަނީ "الله ތިބާއަށް އެހީތެރިވެދެއްވާ، ޔޫއޭއީގެ ރައްޔިތުން ހިމާޔަތް ކުރައްވާ. އަމިއްލަ ގެއަށް ހަރުފަ އެއް ވައްދާނީ ކާކު؟" މިފަދައިންނެވެ.