ހއ.އުލިގަމު ސްކޫލު ތަރައްގީ ކުރުމުގެ މަސައްކަތް މައިކްރޯން ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލު ކުރައްވައިފިއެވެ. އެޑިޔުކޭޝަން މިނިސްޓްރީން އެކުންފުންޏާ މިމަސައްކަތް ހަވާލު ކުރެއްވީ ބާރަ މިލިޔަން ފަސް ލައްކަ ހަހާސް އެއްސަތޭކަ ހަތްދިހަ ދެރުފިޔާ ފަންސާސް އަށްލާރި އަށެވެ. އެކުންފުންޏާ މި މަސައްކަތް ހަވާލުކުރުމުގެ އެއްވެސް ވުމުގައި މިއަދު ވަނީ ސޮއިކުރައްވާފައެވެ.
ސްކޫލުގެ 08 ކްލާސްރޫމް، ސައިންސް ލެބް، ސްކޫލްގެ ވަރާފާރު އަދި އޭވީ ރޫމް އިމާރާތުގެ މަސައްކަތް 365 ދުވަހުން ނިންމަން ހަވާލުކުރުމުގެ އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުހައްމަދު ނައިހް ނަޖީބެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ކޮންޓްރެކްޓްގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީއެވެ.