އެވިޑް ކޮލެޖުން ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ ސެމެސްޓަރއާ ގުޅިގެން ހުޅުވާލާ ނައިބްރަޝާދު ސްކޮލަރޝިޕް ފުރުސަތު، މިއަހަރު ހާޞިލްކުރި ފަރާތްތަކަށް ސްކޮލަރޝިޕް ލިބިނުކަމުގެ ލިޔުން މިއަދު ޙަވާލުކޮށްފިއެވެ.

"ނާއިބްރަޝާދު ސްކޮލަރޝިޕް" ލިބުނު ދަރިވަރުންނާ ލިޔުން ޙަވާލުކުރުމުގެ ރަސްމިއްޔާތު: ފޮޓޯ އެވިޑް ކޮލެޖު

ނައިބްރަޝާދު ސްކޮލަރޝިޕަކީ އެވިޑް ކޮލެޖްގެ ޗެއަރމަން ޢަބްދުﷲ މުސްތާޤް ރަޝާދުގެ ބައްޕަގެ ނަމުގައި އެވިޑް ކޮލެޖްގެ ޗެއަރމަން ކޮންމެ އަހަރަކުވެސް ހުށަހަޅުއްވާ ސްކޮލަރޝިޕް ފުރުސަތުތަކެވެ. މިގޮތުން މިއަހަރު ޖުމުލަ 50 ސްކޮލަރޝިޕްގެ ފުރުސަތު ޢިޢުލާންކުރެވުނެވެ. އޭގެތެރެއިން 30 ސްކޮލަރޝިޕް ޚާއްޞަކުރެވުނީ ގދ. ތިނަދޫގައި ހުންނަ އެވިޑް ކޮލެޖްގެ ކެމްޕަހަށެވެ. 20 ސްކޮލަރޝިޕް ޚާއްޞަކުރެވުނީ މާލޭގައި ހުންނަ އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަހަށެވެ.

"ނާއިބްރަޝާދު ސްކޮލަރޝިޕް" ލިބުނު ދަރިވަރުންނާ ލިޔުން ޙަވާލުކުރުމުގެ ރަސްމިއްޔާތު: ފޮޓޯ އެވިޑް ކޮލެޖު

މިއަދު ހެނދުނު އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަހުގައި އެކަމަށް ޚާއްޞަކޮސްގެން ބޭއްވި ރަސްމިއްޔާތުގައި ސްކޮލަރޝިޕް ލިބުނު ފަރާތްތަކަށް ލިޔުން ހަވާލުކޮށްދެއްވީ އެވިޑް ކޮލެޖްގެ ޗެއަރމަން ޢަބްދުﷲ މުސްތާޤް ރަޝާދެވެ. މިރަސްމިއްޔާތުގައި ސްކޮލަރޝިޕްފުރުސަތު ލިބުނު ފަރާތްތަކުގެ އިތުރުން ކޮލެޖްގެ ސީނިއަރ މެނޭޖްމެންޓް ޓީމުގެ ބޭފުޅުން ބައިވެވަަޑައިގެންނެވިއެވެ.

އެވިޑް ކޮލެޖަކީ ދިވެހިރާއްޖޭގައި އެންމެފުޅާ ދައިރާއެއްގައި މަތީތައުލީމުގެ ފުރުޞަތު ފޯރުކޯށްދޭ އަމިއްލަ އެންމެ ބޮޑު އެއްކޮލެޖެވެ. މިހާރުވެސް އެވިޑް ކޮލެޖްގައި ތަފާތު ދާއިރާތަކުން ތަފާތު ލެވެލްތަކުގެ ކޯސްތަކުގައި ދެހާހަށްވުރެ ގިނަދަރިވަރުން މަތީ ތަޢުލީމު ޙާޞިލްކުރަމުންދާ ކަމަށް އެކޮލެޖުން ވިދާޅުވިއެވެ. އެވިޑް ކޮލެޖުން ހިންގާ ކޮންމެ ކޯހަކީވެސް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޤަބޫލްކޮށް ހުއްދަ ލިބިގެން ހިންގާ ފެންވަރު ރަނގަޅު ކޯހެކެވެ.