އިތުރު 10 އެއާރލައިނަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ތައްޔާރުވެފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓުއަރިޒަމް މިނިސްޓްރީން ނެރެފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި ހިނގާ ނޮވެމްބަރު މަހާއި ޑިސެމްބަރ މަހު އިތުރު 10 އެއާރލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށާނެ އެވެ. އަލަށް ދަތުރުފަށާ އެއާރލައިންތަކުގެ ތެރޭގައި ހިމެނެނީ، ޔޫކްރެއިން އިންޓަރނޭޝަނަލް އެއާރލައިންސް، ނޯރޑްވިންޑް، އަޒުރ އެއާރ ރަޝިއާ، އެއާރ ސީޝެލްސް، އެލިޓާލިއާ، އެއާރ ފްރާންސް، އަޒުރ އެއާރ ޔޫކްރެއިން، ނިއޮސް ސްޕާ، ގަލްފް އެއާރ އަދި ރޮސިއާ އެއާރލައިންސް އެވެ.

ރާއްޖޭގެ ބޯޑަރު ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލުމާއިއެކު އޮކްޓޯބަރު މަހުގެ 31ގެ ނިޔަލަށް މި 15 އެއާރލައިނުން ޖުމްލަ 52،989 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.

ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ، ނޮވެމްބަރު މަސް ނިމެންވާއިރަށް ބައިނަލްއަޤްވާމީ 18 އެއަރލައިނަކުން ދަތުރުތައް ފަށާނެކަމަށް ވިދާޅުވެފަ އެވެ.