ޗައިނާގެ ޔުނިވާސިޓީ އޮފް އިލެކްޓްރޯނިކް ސައިންސް އެންޑް ޓެކްނޮލޮޖީގައި މަސައްކަތް ކުރާ ރިސާޗަރުންގެ ޓީމަކުން ވަނީ ހަލުއި މިނެއްގައި ޒަޚަމްތައް ފަސޭހަވުމަށް ބާރު އަޅާ ކަރަންޓުން ޗާޖުކޮށްފައިވާ ތިނެސްކަން ތުނި މަލަމެއް ތައްޔާރުކޮށްފައެވެ.
ސައިންސް އެޑްވާންސް ޖާނަލްގައި ޝާއިއުކޮށްފައިވާ ސައިންޓިސްޓުންގެ ކަރުދާހުގައި އެ ގްރޫޕުން އެމީހުންގެ މަލަންގަނޑާއި އެމަލަންގަނޑު މަސައްކަތް ކުރާ ގޮތާއި، ރާމާމަކުނުތަކުގައި ޓެސްޓު ކުރި އިރު ސެލަން މަސައްކަތް ކުރިގޮތް ކިޔައިދީފައެވެ.
އެތައް ހާސް އަހަރެއް ވަންދެން އިންސާނުން ވަނީ ބަލިމީހާއަށް ވޭން ތަހައްމަލު ކުރާ ދިގު މިނާއި އިންފެކްޝަން ގެ ފުރުސަތު ދެބަޔަކަށް ކުޑަކުރުމުގެ ގޮތުން ޒަޚަމްތައް އަވަހަށް ރަނގަޅު ކުރުމަށް ބާރު އަޅާނެ ގޮތްތައް ހޯދަމުން ގޮސްފައެވެ. މި އާ އީޖާދީ މަސައްކަތުގައި ރިސާޗަރުން ވަނީ މި ކަރަންޓުން ޗާޖު ކޮށްފައިވާ މަލަން ގަނޑުން ފާރުތައް އަވަހަށް ފަސޭހަވާކަން ސާބިތުކޮށްދީފައެވެ.